ތަފާތު އެހެން ކަންކަމާ ބެހޭ ބައި
ޖ: 1. ވާޖިބު: އެއީ ކޮންމެހެން ކުރުން ލާޒިމްވާ ގޮތަށްވާ ކަންކަމެވެ. މިސާލަކަށް: ފަރުޟު ފަސް ނަމާދާއި، ރަމަޟާންމަހުގެ ރޯދައާއި، މައިންބަފައިންނަށް ހެޔޮކޮށްހިތުންފަދަ ކަންކަމެވެ.
- ވާޖިބު ކަންތައްކުރާ މީހާއަށް ޘަވާބު ލިބި، އަދި ދޫކޮށްލާ މީހާއަށް ޢުޤޫބާތް ލިބޭނެއެވެ.
2. މުސްތަޙައްބު: އެއީ ކޮންމެހެން ކުރަން ލާޒިމުވާ ގޮތަށް ނުވާ ކަންކަމެވެ. މިސާލަކަށް: ރަވާތިބު ސުންނަތްތަކާއި، ރޭ އަޅުކަންކުރުމާއި، ކާން ދިނުމާއި، ސަލާމްކުރުންފަދަ ކަންކަމެވެ. އަދި މިއަށް ސުންނަތޭ، އަދި މަންދޫބު ކަންކަމޭވެސް ކިޔެއެވެ.
- މުސްތަޙައްބު ކަންތައްކުރާ މީހާއަށް ޘަވާބު ލިބި، އަދި ދޫކޮށްލާ މީހާއަށް ޢުޤޫބާތް ނުލިބެއެވެ.
މުހިއްމު ނޯޓެއް:
މުސްލިމަކަށް މިވެނި ކަމަކީ ސުންނަތެއް ނުވަތަ މުސްތަޙައްބު އެދެވިގެންވާ ކަމެއްކަމަށް އަޑުއިވޭހިނދު އެކަމެއް ކުރުމަށް އޭނާ އަވަސްވެގަނެ، ނަބިއްޔާ ﷺ އަށް ތަބަޢަވާން ޖެހޭނެއެވެ.
3. ޙަރާމް: އެއީ އެ ކަންކަން ދޫކޮށްލުން ކޮންމެހެންވެސް ލާޒިމްވާ ގޮތަށްވާ ކަންކަމެވެ. މިސާލަކަށް: ބަނގުރާ ބުއިމާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، ރަޙިމުގެ ގުޅުން ކެނޑުންފަދަ ކަންކަމެވެ.
- ޙަރާމް ކަންތައް ދޫކޮށްލާ މީހާއަށް ޘަވާބު ލިބި، އަދި އެކަންކަން ކުރާ މީހާއަށް ޢުޤޫބާތް ލިބެއެވެ.
4. މަކުރޫހަ: އެއީ އެކަން ދޫކޮށްލުން ކޮންމެހެން ލާޒިމު ނުވާ ގޮތަށްވާ ކަންކަމެވެ. މިސާލަކަށް: ވައަތުން ތަކެތި ހިފުމާއި ދިނުމާއި، ނަމާދުގައި ހެދުން ބޮނޑިކުރުންފަދަ ކަންކަމެވެ.
މަކުރޫހަ ކަންކަން ދޫކޮށްލާ މީހާއަށް ޘަވާބު ލިބި، އަދި އެކަންކަން ކުރާ މީހާއަށް ޢުޤޫބާތް ނުލިބެއެވެ.
5- މުބާޙު (ހުއްދަ): އެއީ އެކަން ނުކުރުމާއި ކުރުމުގެ ދެމެދުގައި އިޚްތިޔާރު އޮންނަ ކަންކަމެވެ. މިސާލަކަށް: އާފަލު ކެއުން، ސައި ބުއިންފަދަ ކަންކަމެވެ. އަދި މިއަށް ޖާއިޒު ކަންކަމޭ، އަދި ޙަލާލު ކަންކަމޭވެސް ކިޔެއެވެ.
- ހުއްދަ ކަންތައް ދޫކޮށްލާ މީހާއަށް ޘަވާބެއް ނުލިބި، އަދި އެކަންކަން ކުރާ މީހާއަށް ޢުޤޫބާތެއްވެސް ނުލިބެއެވެ.
ޖ: 1. މަކަރާއި ޙީލަތް ހެދުން، އޭގެ ތެރޭގައި: މުދަލުގައި ހުރި އުނި ޢައިބެއް ފޮރުވާ ވަންހަނާކުރުންވެއެވެ.
- އެގޮތުން އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ﷲ ގެ ރަސޫލާ ﷺ، ކާބޯތަކެތީގެ ފުންޏެއް ކައިރިން ލާފައި ވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނުގެ އަތްޕުޅު އެއަށް ވެއްދެވުމުން އިނގިލިފުޅުތަކުގައި ތެތްކަން ބީހުނެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ: "އޭ ކާތަކެތީގެ ވެރިޔާއެވެ. މިއީ ކޮންކަމެއްހެއްޔެވެ؟ އެމީހާ ދެންނެވިއެވެ: "އޭ اللهގެ ރަސޫލާއެވެ. އެއަށް ވާރޭ ވެހުނީއެވެ." ޙަދީޘް ކުރެއްވިއެވެ: "ތިބާ މީސްތަކުންނަށް ފެންނަ ގޮތަށް ވާރޭ ޖެހުނު ތަކެތި އެންމެ މަތީގައި ނުބެހެއްޓީ ކީއްވެގެންހެއްޔެވެ؟ މަކަރު ހަދައިފި މީހާ ފަހެ ތިމަންކަލޭގެފާނުގެ ތެރެއިން (ތިމަންކަލޭގެފާނަށް ތަބަޢަވާ މީހުންގެ ތެރެއިން) ނުވެއެވެ." ރިވާކުރެއްވީ މުސްލިމެވެ.
2. ރިބާ: އޭގެ ތެރޭގައި: އަނބުރާ ދެ ހާސް ދޭގޮތަށް (ޝަރުޠުކޮށްފައި) މީހެއްގެ އަތުން، އަހަރެން އެއް ހާސް ދަރަންޏެއްގެ ގޮތުގައި ނެގުންވެއެވެ.
- އިތުރުކުރި އެއްޗަކީ އެއީ ޙަރާމް ރިބާއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އަދި ﷲ ވިޔަފާރި ޙަލާލުކުރައްވައި ރިބާ ޙަރާމްކުރެއްވިއެވެ.) [އަލްބަޤަރާ: 275]
3. ހަލާކަށްހުށަހެޅުމާއި ވާނުވާ ނޭނގުން: މިސާލަކަށް ބަކައްޓެއްގެ ވައްގަނޑުގައި ހުރި ކިރު، ނުވަތަ ފެންގަނޑުގައިވާ މަސް ހިފުމުގެ ކުރިން ތިބާއަށް ވިއްކުމެވެ.
- ފަހެ ޙަދީޘްގައި ވެއެވެ: "(އިތުބާރެއް ނެތްގޮތަށް، ވާނުވާ ނޭނގޭގޮތަށްވާ) ނުރައްކަލަށް ހުށަހެޅޭ ވިޔަފާރި ﷲ ގެ ރަސޫލާ ﷺ ނަހީކުރެއްވިއެވެ." ރިވާކުރެއްވީ މުސްލިމެވެ.
ޖ: 1. އިސްލާމްކަމުގެ ނިޢުމަތް. އަދި ތިބާ ކުފުރުގެ އަހުލުވެރިންގެ ތެރެއިން ނުވާކަން.
2. ސުންނަތުގެ ނިޢުމަތް، އަދި ތިބާ ބިދުޢާގެ އަހުލުވެރިންގެ ތެރެއިން ނުވާކަން.
3. ޞިއްޙަތާއި ޢާފިޔަތުގެ ނިޢުމަތް. އަޑުއިވުމާއި، ފެނުމާއި، ހިނގުމާއި އެހެނިހެން އެފަދަ ނިޢުމަތްތަކެވެ.
4. ކާބޯތަކެއްޗާއި އުނުފޭރާމުގެ ނިޢުމަތް.
- އަދި އެކަލާނގެ ތަޢާލާ އަހަރުމެންނަށް ދެއްވާފައިވާ ނިޢުމަތްތަކަކީ ގުނާ ޢަދަދުނުކުރެވޭހާ ގިނަ ނިޢުމަތްތަކެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ތިޔަބައިމީހުން ﷲ ގެ ނިޢުމަތް ޢަދަދުކުރަން އުޅުނަސް، ތިޔަބައިމީހުންނަކަށް އެ ނިޢުމަތެއް ޢަދަދުނުކުރެވޭނެއެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ.) [އައްނަޙްލު: 18]
ޖ- ވާޖިބުވެގެންވަނީ: އެކަންކަމަށް ޝުކުރުކުރުމެވެ. އެކަން ކުރެވޭނީ: ދުލުން ﷲ އަށް ޙަމްދު ޘަނާ ކިޔައިގެން، އަދި ފަޟްލަވަންތަކަމާއި ދަރުމަދެއްވުންވަނީ ހަމައެކަނި އެކަލާނގެއަށް ކަމަށް އިޢުތިރާފުވެ، އަދި ﷲ ތަޢާލާ ރުއްސަވާ ގޮތަށް، އަދި އެކަލާނގެއަށް އުރެދުން ނުވާގޮތަށް މި ނިޢުމަތްތައް ބޭނުންކޮށްގެންނެވެ.
އެކަލާނގެ ވަޙީކުރެއްވިއެވެ: (ފަހެ ތިޔަބައިމީހުން ތިމަންއިލާހު ހަނދުމަ ކުރާށެވެ! އޭރުން ތިމަންއިލާހު ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންއިލާހަށް ތިޔަބައިމީހުން ޝުކުރުކުރާށެވެ! އަދި ތިމަންއިލާހަށް ތިޔަބައިމީހުން ކާފަރު ނުވާށެވެ!) [އަލްބަޤަރާ: 152]
ޖ: ފިޠުރު އީދާއި އަޟްޙާ ޢީދެވެ. އަނަސް رضي الله عنه ވިދާޅުވިކަމަށް އައިސްފައިވާ ޙަދީޘަށްޓަކައިއެވެ: "ﷲ ގެ ރަސޫލާ ﷺ މަދީނާއަށް ވަޑައިގެންނެވިއިރު، އެމީހުން ކުޅިވަރުކުޅެ މަޖާކުރާ ދެ ދުވަހެއްވިއެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "މިއީ ކޮން ދެ ދުވަހެއް ހެއްޔެވެ؟" އެމީހުން ދެންނެވިއެވެ: "ޖާހިލިއްޔަތުގެ ޒަމާނުގައި އަހަރުމެން މި ދެ ދުވަހު ކުޅެ މަޖާކޮށް އުޅެމެވެ." ދެން ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން ތިޔަ ދެ ދުވަހުގެ ބަދަލުގައި އެއަށްވުރެ މާ ރަނގަޅު ދެ ދުވަސް ﷲ ތިޔަބައިމީހުންނަށް ދެއްވައިފިއެވެ: އެއީ އަޟްޙާ ޢީދާއި، ފިޠުރު ޢީދެވެ." މި ޙަދީޘް ރިވާކުރެއްވީ އަބޫ ދާވޫދެވެ.
އެހެން ހުރިހާ ޢީދުތަކަކީ ފަހެ ބިދުޢައިގެ ތެރޭގައިވާ ކަންކަމެވެ.
ޖ: 1. ނުބައިކަމަށް އަމުރުކުރުން ބޮޑު ނަފްސު: އެއީ އިންސާނާއަށް އޭނާގެ ނަފްސާއި އެދުންތައް އަޅައިދޭގޮތަށް، ﷲ ތަބާރަކަ ވަތަޢާލާއަށް އުރެދި ފާފަކުރުމަށް ތަބަޢަވުމެވެ. ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ: (ހަމަކަށަވަރުން ނަފްސަކީ، ތިމަންކަލޭގެފާނުގެ ރައްބު ރަޙުމަތް ލައްވައިފިނަމަ، މެނުވީ، ނުބައިކަންތަކަށް އަބަދުވެސް އަމުރުކުރާ އެއްޗެއްކަން ކަށަވަރެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ރައްބަކީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.) [ޔޫސުފު: 53].
2. ޝައިޠާނާ: އޭނާއަކީ އާދަމުގެ ދަރިންގެ ޢަދުއްވެވެ. އަދި އޭނާގެ ލަނޑުދަނޑިއަކީ: އިންސާނާ މަގުފުރައްދާ، ނުބައި ކަންކަމަށް އޭނާއަށް ވަސްވާސްލައިދީ، އޭނާ ނަރަކައަށް ވެއްދުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބާ ނުވާށެވެ! (އެހެނީ) ހަމަކަށަވަރުން އެކަލޭގެ (އެބަހީ: ޝައިޠާނާއަކީ) ތިޔަބައިމީހުންނަށް ހުރި ބަޔާންވެގެންވާ ޢަދާވާތްތެރިއެކެވެ.) [އަލްބަޤަރާ: 168]
3. ނުބައި އެކުވެރިން: އެމީހުންނީ ނުބައި ކަންކަމަށް ހިތްވަރުލައިދީ، ހެޔޮ ކަންކަމަށް ހުރަސްއަޅާ މީހުންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ގާތް އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ ދުޝްމަނުން ކަމުގައެވެ. ތަޤުވާވެރިން މެނުވީއެވެ.) [އައްޒުޚްރުފު: 67]
ޖ: 1. އެ ފާފަ ދޫކޮށްލުމެވެ.
2. ފާއިތުވި ކަންތަކުގެ މައްޗަށް ހިތާމަކުރުން.
3. އަލުން އެ ފާފައަށް އަނބުރާ ނުދިޔުމަށް ޢަޒުމް ކަނޑައެޅުން.
4- ޙައްޤުތަކާއި، އަނިޔާއިން ހޯދި ތަކެތި އަނބުރާ އޭގެ އަހުލުވެރިންނަށް ރައްދުކުރުން.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އަދި އެބައިމީހުންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ ނުވަތަ އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވެއްޖެނަމަ ﷲ ހަނދުމަކޮށް، އެބައިމީހުންގެ ފާފަތައް ފުއްސެވުން އެދި ދުޢާކުރާ މީހުންނެވެ. ﷲ ފިޔަވައި ފާފަފުއްސަވާނީ ފަހެ ކާކު ހެއްޔެވެ! އަދި ދެނެތިބި ޙާލު، އެބައިމީހުން ކުރި ކުށުގެ މަތީގައި ދެމި ނުތިބެއެވެ.) [އާލްޢިމްރާން: 135]
ޖ: އޭގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިކަން ލިއްބައިދޭ ގޮތަށް؛ ބަސްތަކާއި ޢަމަލުތަކާއި ޤަބޫލުކުރުންތައް ޞައްޙަކޮށް ރަނގަޅުވެގެން ދިޔުމެވެ.
- މުޢާވިޔާ ބްނު އަބީ ސުފްޔާނު رضي الله عنهما ގެ އަރިހުންވާ ޙަދީޘްގައިވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ﷲ އެމީހަކަށް ހެޔޮގޮތް އިރާދަކުރައްވާ މީހަކު، ދީނުގައި ފިޤުހުވެރިކުރައްވަތެވެ." ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.
އެކަލާނގެ އޭނާ ފިޤުހުވެރިކުރައްވައެވެ: އެބަހީ: ޝަރުޢީ ޙުކުމްތައް ދަންނަ މީހެއްކަމުގައި އެކަލާނގެ އޭނާ ލައްވައެވެ.
ޖ: - މުޅި ހަށިގަނޑު ނިވާވައި އެއްޗަކަށްވުމެވެ.
- އޭގައި އެއްވެސް ޒީނަތްތެރިކަމެއް ނެތުމެވެ.
- އެއީ އެތެރެފެންނަ އެއްޗަކަށް ވެގެން ނުވާނެއެވެ.
- ހަނިކޮށް ބާރުނުވާ ގޮތަށް، ފުޅާކޮށް ދޫކޮށްވާ ހެދުމަކަށް ވާންޖެހޭނެއެވެ.
- އެއީ ދުން އަޅައި، ހުވަނދުލާ މީރުވަސް ދުއްވާފައިވާ އެއްޗަކަށް ވެގެން ނުވާނެއެވެ.
- ފިރިހެނާގެ ހެދުމާ ވައްތަރުވެގެން ނުވާނެއެވެ.
- ކާފަރު އަދި ފާޙިޝް އަންހެނުންގެ ހެދުމާއި ވައްތަރުވެގެން ނުވާނެއެވެ،
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހު ކަމުގައި ވޮޑިގެންވެއެވެ.) [އަލްއަޙްޒާބު: 59].
އާޔަތުގެ މާނަ: އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުންނަށް ވިދާޅުވާށެވެ: އެ އަންހެންތަކުންގެ ބޯތަކާއި މޫނުތަކުގެ މައްޗަށް އެ އަންހެންތަކުންގެ ހެދުމާއި ޖިލްބާބުތައް ވައްޓާލާށެވެ. އެއީ އެމީހުންގެ މޫނުތަކާއި، މޭތަކާއި، ބޯތައް ނިވާކުރުމުގެ ގޮތުންނެވެ. އަދި އެއީ ނިވާވައި ރައްކާތެރިވެގެންވާ ބައެއްކަމުގައި ފާހަގަވެގެންދިޔުމާ އެންމެ ގާތްގޮތެވެ. އޭރުން ނުރުހޭކަމެއް ނުވަތަ އުނދަގުލާއި ތުރައެއް އެ އަންހެންތަކުންނަށް ކުރިމަތިނުވާނެއެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ އިލާހެވެ. އެއީ ކުރިން ހިނގާފައިވާ ކަންތައް ތިޔަބައިމީހުންނަށް އެކަލާނގެ ފުއްސަވާ ދެއްވާ، އަދި އެކަލާނގެ ތިޔަބައިމީހުންނަށް ޙަލާލާއި ޙަރާމް ސާފުކޮށް ބަޔާންކުރައްވައިގެން ތިޔަބައިމީހުންނަށް ރަޙުމަތްލައްވައިގެންނެވެ.
ޖ: އެއީ އިސްލާމްދީނަށް ޢަމަލުކޮށް، އުރެދުންތަކާއި ފާފަތައް ދޫކޮށްލައިގެންނެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ﷲ އަށް ނަޞްރު ދޭނަމަ، އެ އިލާހު ތިޔަބައިމީހުންނަށް ނަޞްރު ދެއްވާނެއެވެ. އަދި އެ އިލާހު ތިޔަބައިމީހުންގެ ފައިތިލަތައް ޘާބިތު ކުރައްވާނެއެވެ.) [މުޙައްމަދު: 7]
އަދިވެސް ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ: (ހަމަކަށަވަރުން، ބަޔަކުމީހުންގެ ޙާލަތު އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށް ދާންދެން، اللَّه، އެ ޙާލަތު ބަދަލެއް ނުކުރައްވާނެތެވެ.) [އައްރަޢުދު: 11].
ޖ: ދުޢާކުރުމަކީ ކިޔަމަންތެރިކަމުގެ އެންމެ މަތިވެރި އެއް ޢަމަލެވެ. އަދި އެންމެ ޤަދަރުވެރި ކުއްތަންކޮށްދޭ އެއް ކަންތަކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އަދި ތިޔަބައިމީހުންގެ ވެރި ރައްބު ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާކުރާށެވެ! ތިމަންއިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންއިލާހަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.) [ޣާފިރު: 60]
އަދި ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ދުޢާއަކީ އެއީ އަޅުކަމެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި އައްތިރްމިޛީއާއި އިބްނު މާޖާއެވެ.